ޗެޕްޓަރު 8
ތަޢުލީމާއި ތަމްރީނު
- ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙުކުރުން.
- ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް އަލުން ރުޖޫއަކުރުމާއެކު، އަހަރުގެ މެދުތެރޭގައި ހަތަރު ހަފްތާގެ ޗުއްޓީއެއް ހިމެނުން.
- މާތްވެގެންވާ އިސްލާމްދީނާއި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ސްކޫލުތަކުގައި ޤައުމީ ފެންވަރުގެ ޚާޢްޞަ ޕްރޮގްރާމްތަކެއް ހިންގުމާއި، ސިވިކްސް އެއީ ކިޔަވާދޭ މާއްދާއެއްގެ ގޮތުގައި މުޤައްރަރުގައި ހިމެނުން.
- މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުން.
- ޤައުމީ ފެންވަރުގެ ރިސާޗް ގްރާންޓު ފަންޑެއް ޤާއިމުކޮށް، ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުން.
- ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލާރނިންގ ޕްރޮފައިލްގެ ހުރިހާ ގިންތިއެއްގައި ހިމެނޭ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްދީ، ނިޒާމު އިތުރަށް ހަރުދަނާކުރުން.
- އުގެނުމާއި އުގަންނައިދިނުމުގައި އީ-ލާރނިންގ، އާޓިފިޝަލް އިންޓަލިޖަންސް އަދި ވާޗުއަލް ރިއަލިޓީފަދަ ފަހުގެ ޒަމާނީ ޓެކްނޮލުޖީ ބޭނުންކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ސްކޫލުތަކުގައި ޤާއިމުކުރުން.
- ދަރިވަރުންނަކީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް އަހުލުވެރި ކުދިބަޔަކަށްހަދާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ތަޢުލީމީ ދާއިރާގެ ސިޔަސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- މަދަރުސީ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަނަލް ޕްރޮގްރާމްތައް މުރާޖަޢާކޮށް ރާއްޖޭގެ އިޤްތިސާދީ ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުން.
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ކުތުބުޚާނާތަކެއް ޤާއިމުކުރުން.
- މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި މަތީ ތަޢުލީމާއިގުޅޭ އުޞޫލުތައް މުރާޖަޢާކޮށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މުޢައްސަސާތައް ރޭންކު ކުރުން.
- ދިވެހި ފޮރިން ސާރވިސްގައި ހަރަކާތްތެރިވާ ޒުވާން ޑިޕްލޮމެޓުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުން.
- ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢްލީމު ދެވޭ މަރުކަޒަކަށް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުން.
- ދުނިޔޭގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ "ސްޓީމް" (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތަމެޓިކްސް) ތަޢުލީމު ރާއްޖޭގައި ފުޅާކުރުން.
- ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށް، ފުޅާކުރުމަށްޓަކައި ރަށުން ބޭރުން އަންނަ ދަރިވަރުންނަށް، ކަނޑައެޅޭ ސަރަޙައްދުތަކެއްގައި އެކޮމޮޑޭޝަން ހަމަޖެއްސުން.
- ދައުލަތުގެ ކުންފުނިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މީހުން ބިނާ ކުރުމަށްޓަކައި ތަފާތު ދާއިރާތަކުން ސްކޮލަރޝިޕްތަކާއި މާލީ އެހީތައް ތަޢާރަފުކުރުން.