Chapter

Dhivehinge Raajje

Vote4Muizzu
ޗެޕްޓަރު 12

ޞިއްޙީ ނިޒާމާއި ފަރުވާ

  1. ބައިނަލަޤްވާމީ ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުގެ ޚާއްޞަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ޚިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ޤާއިމުކުރުން.
  2. އެންމެ ރަނގަޅު ފެންވަރުގެ ބޭސްތައް ރާއްޖެއިން ޢާންމުކޮށް ލިބޭނެ މަގުތަނަވަސް ކޮށްދިނުން.
  3. އާސަންދައިގެ ދަށުން ކޮންމެ 2 އަހަރަކުން އެއްފަހަރު މެޑިކަލް ޗެކަޕް ހެދޭނެގޮތް ތަޢާރަފުކުރުން.
  4. ރޭޑިއޭޝަން ތެރަޕީ ހިމެނޭގޮތަށް، ޓިއުމަރާ ގުޅޭ ބަލިތައް (އޮންކޮލޮޖީ) ގެ ފަރުވާ ރާއްޖޭގައި ފުޅާ ކުރުން.
  5. މާބަނޑު މީހުންނާއި ކުޑަކުދިންނަށް ޙާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުން.
  6. ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ޚިދްމަތް ލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއް ޤާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކޮށް، ޚިދްމަތް ބޭނުންވާ ފަރާތްތަކަށް މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާއެކު، ސައިކޮލޮޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ޤާއިމުކުރުން.
  7. ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ޢާއިލާތަކަށް ޙާއްޞަ ކުރެވިގެން އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ދެވޭނެ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ތަޢާރަފުކުރުން.
  8. ލޭގެ ބަލިތަކަށް ޚާއްޞަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުން.
  9. ފުރަމޭގެ ބަލިތަކަށް ޚާއްޞަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުން.
  10. އުމުރުން ދުވަސް ވަމުންދާ އަންހެނުންނާއި ފިރިހެންނުންނަށް ޙާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުން.
  11. ނޭޝަނަލް ޕަބްލިކް ހެލްތް ލެބޯޓަރީއެއް ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމުކުރުން.
  12. ކާބޯތަކެތީގެ ޤާނޫނެއް އެކުލަވާލާ ފާސްކުރުން.
  13. އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޤާނޫނު މުރާޖަޢާކުރުން.
  14. ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތްކެއަރ ދިނުމަށް މާލޭގައި ހުންނަ ދަމަނަވެށިންދޭ ޚިދްމަތްތަކާ އެއްފެންވަރުގެ 24 ގަޑިއިރުގެ ޚިދުމަތް ދެވޭ ނިޒާމަކާއި އިމާރާތް ހިމެނޭގޮތަށް، ދަމަނަވެއްޓެއް ކޮންމެ އަތޮޅެއްގައި ޤާއިމުކުރުން.
  15. ޕެރަމެޑިކުންގެ ޚިދުމަތް ކޮންމެ ސިޓީއެއްގައި ތަޢާރަފުކުރުން.
  16. ދަތުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އަނގައިގެ ޞިއްޙަތަށް ދެވޭ އަހަންމިއްޔަތު އިތުރުކުރުން.
  17. މެމޮގްރަފީއާއި ޕެޕްސްމިއަރ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމުކުރުމަށް ބޭނުންވާ ބަދަލުތައް ހޮސްޕިޓަލްތަކަށް ގެނައުމުގެ އިތުރުން، އެކަމަށް ބޭނުންވާ މެޝިނަރީ ހޯދުމާއި، ޚިދުމަތްތެރިން ތަމްރީނުކުރުން.
  18. ދަރިމައިވުމުގެ ޞިއްޙަތާ ގުޅުންހުރި މައްސަލަތަކަށާއި ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާދޭނެ ޒަމާނީ ފެންވަރުގެ ޚާއްޞަ ކްލިނިކުތަކެއް ހުރިހާ ހޮސްޕިޓަލެއްގައި ޤާއިމުކުރުން.
  19. ސަރުކާރު ހޮސްޕިޓަލުތަކަށް ޑޮކްޓަރަށް ދައްކަންދާ މާބަނޑު އަންހެނުންނަށް ޚާއްޞަ ކުރެވިގެން މަޑުކޮށްލާ ކޮޓަރިތަކާއި އެހެނިހެން ޚިދުމަތްތައް ތައާރަފުކުރުން.
  20. ދަރުމަވަންތަ ހޮސްޕިޓަލް އައި.އެސް.އޯ ސަރޓިފައިޑް ހޮސްޕިޓަލަކަށް ހެދުން.
  21. އެކި ސަބަބުތަކަށްޓަކައި ވަޒީފާއިން މަހުރޫމުވެފައިވާ ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ވަޒީފާއަށް ނެރުމުގެ ޚާއްޞަ ސިޔާސަތުތަކެއް އެކަށައެޅުން.
  22. މެޑިސިން ކިޔެވުމަށް ލޯނު ނަގާފައިވާ ފަރާތްތަކުން، އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ އިންޓާރންޝިޕް ޕްރޮގްރާމް ނިންމައި، ދާއިމީ ވަޒީފާ އަދާކުރަން ފެށުމުން ކަމަށް ހަމަޖެއްސުން.
  23. ޞިއްޙީ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތަކަކީ، "ސަރޓިފައިޑް ހެލްތްކެއަރ ޕްރޮފެޝަނަލްސް" ކަން ޔަޤީންކުރުން.
  24. "އެލައިޑް ހެލްތް ޕްރޮފެޝަނަލްސް" ގެ ދާއިރާއިން 1500 ދިވެހިން ތަމްރީނުކުރުން.
  25. މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ގޮތުގައި، ސަރުކާރުން ޒަމާނީ ޕެޓް ކެއަރ ފެސިލިޓީއަކާއި ވެޓެރިނަރީ ހޮސްޕިޓަލެއް ޤާއިމުކޮށް، ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން.
  26. ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުން.
  27. ސަރުކާރުން ކަނޑައަޅާ މިންގަޑުތަކަށް ފެތޭ، ވިޔަފާރީގެ އުޞޫލުން އަމިއްލަ ފަރާތްތަކުން ހިންގާ މަސްތުވާތަކެތީގެ ރީހެބިލިޓޭޝަން ފަރުވާދޭ ބައިނަލްއަޤުވާމީ ފެންވަރުގެ ސެންޓަރުތައް ރާއްޖޭގައި ޤާއިމުކުރަން ފުރުޞަތު ތަނަވަސްކޮށްދިނުން.
  28. ފާހަގަކުރެވޭ ސަރަޙައްދުތަކެއް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުން، އަދި އަންހެނުންނަށް ޙާއްޞަ ކުރެވިގެން އެތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  29. ބޭރު ޤައުމުތަކުގައި ހޮސްޕިޓަލް ބަދަލުކުރަން ނަގާ ފީ އާސަންދައިން ކަވަރުވާގޮތް ހެދުން.
  30. އެއަރ އެމްބިއުލެންސް ޚިދުމަތް ފުޅާކުރުން.